Post banner
ރާއްޖެ

އައިންމަތީ ދޫނިތަކަކަށް ބިދޭސީން އަނިޔާ ކުރާ ވީޑިއޯއެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އައިންމަތީ ދޫނިތަކަކަށް ބިދޭސީން އަނިޔާ ކުރާ ވީޑިއޯއެއް

އާއްމުކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

ދިވެހިރާއްޖޭގެ މަސްކަނޑުތަކުގައި، އައިންމަތީގައި އުޅޭ ކުރަނގި މާރަނގަ ތަކަކަށް ދޯންޏެއްގެ ބިދޭސީ ފަޅުވެރިންތަކެއް އަނިޔާކުރާ ވީޑިއޯއެއް ޓިކޮޓޮކްގައި ދައުރުކުރަން ފަށައިފިއެވެ.

މިދިޔަ ހަފްތާގައި މިވީޑިއޯ ޕޯސްޓްކޮށްފައި ވަނީ، އެމްޑީ ނާސިރު ނަމަކަށް ކިޔާ، ބިދޭސީ މީހެއްގެ ޓިކްޓޮކް އެކައުންޓުގައެވެ. އޭނާގެ އެކައުންޓް ބަލާލުމުން އޭނައަކީވެސް ރާއްޖޭގެ މަސްދޯންޏެއްގައި މަސައްކަތް ކުރާ މީހެއްކަން ހާމަވާ ފޮޓޯތައް ފެންނަން ހުއްޓެވެ.

ވީޑިއޯއިން ފެންނަނީ، ކުރަނގި އަދި މާރަނގައަޅާފައިވާ މަސްއައިނެއްގައި ދެ ދޯނި ކައިރިކައީގައި އޮތް އިރު، އެންނަގާ ވަށިތަކަކުން ދޫނިތައް ހިފުމަށް އެމީހުން މަސައްކަތް ކުރާ މަންޒަރެވެ.

އައިންމަތީ ދޫނިތަކަކަކީ ދިވެހިންކުރާ ދޮށީގެ މަސްވެރިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެންމެ އިހުގައި މަސްވެރިން މަސްއައިންތައް ދެނެގަންނަނީ އައިންމަތީ ދޫނިތަކުގެ އެހީގައެވެ.

އައިންމަތީ ދޫނި ހިފުމާއި އެއަށް ގެއްލުން ދިނުމާއި ގޯނާ ކުރުމަކީ، ދިވެހިރާއްޖޭގެ ތިމާވެއްޓާއި ބެހޭ ޤާނޫނުތަކުން މަނާކޮށްފައިވާ އަދި އަދަބުކަނޑައަޅާފައިވާ ކުށްތަކެކެވެ.

އައިންމަތީ ދޫނިތަަކަށް ދޯންޏެއްގައި މަސައްކަތް ކުރާ ބިދޭސީ ފަޅުވެރިންތަކެއް ގޯނާ ކުރާ މަންޒަރުފެންނަ މިވީޑިއޯ 48 ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ބަލާފައި ވެއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ކަމާއި ބެހޭ ފަރާތްތަކުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިކަން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް