ހަނދު ނުފެންނާތީ، ފިޠުރު ޢީދު ދުވަހަކީ، ހުކުރު ދުވަސް ކަމަށް ކަނޑައަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހަނދާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --
ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކަށް، އަދި ސަޢޫދީ ޢަރަބިއްޔާއަށްވެސް މިއަދު އިރު އޮއްސުނު އިރު ހަނދު ފެނިފައި ނުވާތީ ހުކުރު ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެމިނިސްޓްރީން މިގޮތަށް ކަނޑައަޅައި އިޢުލާނު ކުރެއްވީ މިރޭ ބޭއްވި ހަނދާއި ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ފަހުގައެވެ.
ސަޢޫދީޢަރަބިއްޔާއަށްވެސް މިއަދު ހަނދު ސާބިތު ވެފައެއް ނުވެއެވެ. އެހެން ކަމުން ދިވެހިރާއްޖެއިންވެސް ނިންމާފައި ވަނީ، 19 މާރިޗު 2026ވާ ބުރާސްފަތި ދުވަހަކީ، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، ފިޠުރު ޢީދު ދުވަހަކީ މި މާރިޗުމަހުގެ 20ވާ ހުކުރު ދުވަސް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް