Post banner
ރާއްޖެ

ޕޮލިސް މެމޯރިއަލްޑޭ ފާހަގަކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕޮލިސް މެމޯރިއަލްޑޭ ފާހަގަކޮށްފި

ގައުމީ ވާޖިބު އަދާކުރުމުގެ މަތިވެރި މަސައްކަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ފުލުހުންގެ ހިދުމަތުގެ ހަނދާންތައް އައުކުރުމުގެ ގޮތުން، ޕޮލިސް މެމޯރިއަލްޑޭގެ ހަރަކަތްތައް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

ޕޮލިސް މެމޯރިއަލްޑޭގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހެެވެ. މިދުވަސް ފާހަގަކުރަން ފަށާފައި ވަނީ، 2012 ޖުލައި 23 ވަނަ ދުވަހު، ކ. ކާށިދޫގައި، ކުއްވެރިއަކު ދިން ހަމަލާއެއްގައި، ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް ޝަހީދުކޮށްލި ހާދިސާއަށް ފަހުގައެވެ.

ޑިއުޓީގައި ހުއްޓައި ނިޔާވި ފުލުހުން:

1- 11 ނޮވެމްބަރު 2006_ (ސ.ނ 1344) ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް. (ނާޒިމް ނިޔާވީ ލ. ފޮނަދޫގައި މަގުމަތީގެ އެކްސިޑެންޓެއްގައި)

2- 13 މާރިޗު 2007_ (ސ.ނ 1969) ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޟަމީރު. (ޟަމީރު ނިޔާވީ، ކަނޑުމަތީގެ އެކްސިޑެންޓެއްގައި)

3- 23 ޖުލައި 2012_ (ސ.ނ 2290) ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް. (ޙަލީމް ނިޔާވީ، ކުއްވެރިއަކު ވަޅިން ދިން ހަމަލާއެއްގައި)

4- 01 ޖޫން 2013_ (ސ.ނ 4670) ޕޮލިސް ކޯޕްރަލް މިޞްބާޙް ޢަބްދުﷲ. (މިސްބާޙް ނިޔާވީ މީހަކު ގަސްދުގައި ސައިކަލަކުން ޖެއްސުމުން.)

5- 08 އޭޕްރީލް 2018_ (ސ.ނ 5508)
ޕޮލިސް ކޮންސްޓަބަލް އަޙްމަދު ވިފާޤް (ފުލުހުންގެ ތަމްރީންތަކުގައި ހިނގި ހާދިސާއެއްގައި)

މީގެ އިތުރުން، ފުލުހުންގެ ރަސްމީ ޑިއުޓީގެ މަސައްކަތުގެ ތެރޭގައި އުޅުއްވަނިކޮށް ޞިއްޙީ އެކިއެކި ސަބަބުތަކުގައި ނިޔާވި 11 ފުލުހަކުވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ،

1- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމް

2- ޕޮލިސް ސަރޖަންޓް ޙުސައިން ޝަރީފް

3- ޕޮލިސް ސަރޖަންޓް ޝުޖާޢު ޢަދުނާން

4- ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާ

5- ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާޠިރު

6- ޕޮލިސް ލާންސް ކޯޕްރަލް ޙަސަން އަޝްރަފް

7- ކޮންސްޓަބަލް ޢަބްދުލްބާސިޠު

8- ސާޖަންޓު ފާޠިމަތު ރިފާ

9- ކޮންސްޓަބަލް ޙުސައިން ޤައިސް

10- ސާޖަންޓު މުޙައްމަދު އަރުޝަދު

11- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް

ޕޮލިސް މެމޯރިއަލްޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ސުކޫތެއް ގެނައުމުގެ އިތުރުން، އެ ބޭކަލުންގެ ފުރާނައަށް ހެޔޮ ދުޢާކުރުން ކުރިއަށް ގެންދިއުމާއެކު، މުޅި ރާއްޖޭގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. މީގެ އިތުރުން، މާލެއާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ހަނދާނީ ތަފާތު ހަރަކާތްތަކެއްވެސް މިއަދު ކުރިޔަށް ގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް