Post banner
ރަށްރަށުން

ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް އަޚުލާޤު ސެޝަންތަކެއް ކުރިޔަށް ގެންގޮސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް އަޚުލާޤު ސެޝަންތަކެއް ކުރިޔަށް ގެންގޮސްފި

ހަނިމާދޫ ސްކޫލުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: ހަނިމާދޫ ސްކޫލް

ހަނިމާދޫ ސްކޫލުގެ ތަރުބަވީ ޚާއްޞަ ޕްރޮގްރާމް "ބިންގާ" ގެ ތެރެއިން، އެސްކޫލުގެ ގްރޭޑް 6 ން މަތީގެ ދަރިވަރުންނަށް "ދުރޫސުލް އަޚްލާޤު" ސެޝަންތަކެއް  ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންތަކަކީ ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ ރިވެތި އަޚްލާޤާއި ސިފަތައް އަށަގަންނުވައި، ދިރިއުޅުމުގެ އާދަކާދަތަކާއި މުޢާމަލާތްތަކުގައި ނަބަވީ އަޚްލާޤުގެ އުޞޫލުތައް ހިފެހެއްޓުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ސެޝަންތަކެއް ކަމަށް ހަނިމާދޫ ސްކޫލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ދަރިވަރުންނަކީ ތަޢުލީމީ ގޮތުންނާއި އަޚްލާޤީ ގޮތުން ނަމޫނާ، މުޖުތަމަޢަށް ފައިދާހުރި، އަދި އިސްލާމީ އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތާ އަޚްލާޤު ރަނގަޅު ކުދިންތަކަކަށް ހެދުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު މަޤްޞަދެއްކަމަށްް ހާމަކޮށްފައި ވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން، "ދުރޫސުލް އަޚްލާޤު" ގެ ފުރަތަމަ 3 ފިލާވަޅު ނަންގަވައިދެއްވި، ހަނދުމަ ޖަމުޢިއްޔާގެ އިބްރާހީމް ޝަހީމެވެ.

ހަނިމާދޫ ހަނދުމަ ޖަމިއްޔާ އިފްތިތާޙް ކުރީ 2025 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 19 ދުވަހުއެވެ.

ޚަބަރުލިޔުނީ : މުޙައްމަދު މުޢާޒު - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް