ކުރިޔަށް އޮތް 4 ދުވަހު ވައި ނުސާފު ވާނެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް
އާއްމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް ރާއްޖެއަށް ވައިނުސާފު ވެފައިވާ ކަމަށާއި، ކުރިޔަށް އޮތް ހަތަރު ދުވަހަށް ވައިނުސާފުވުން ދެމިގެންދާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެފައިވާ މިންވަރު ހުރީ އާއްމު ސިއްޙަތަށް ނުރައްކާތެރި ދަރަޖައެއްގައި ކަމަށެވެ. އެހެންކަމުން ކަނޑުމަތީގައި އުޅޭ ފަރާތްތަކާއި ގެއިން ބޭރުގައި ގިިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަމާލުކަން ދިނުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި ވައި ނުސާފުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ދުރުފެންނަ ނިސްބަތް 3 ކިލޯމީޓަރަށްވުރެ ވަނީ ދަށްވެފައެވެ.
ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ވައި ނުސާފުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެއެވެ. އެއީ އިންޑިއާގެ ވައިގެ ސަރަހައްދުތަކުގައި އުފެދިފައިވާ ހިރަފުހުގެ ވިލާތައް އިރުވައިގެ ވަޔާއިއެކު ރާއްޖެ ސަރަހައްދަށް ފޯރާތީ ދިމާވާ މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް