Post banner
ރާއްޖެ

ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ޝާކިރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ޝާކިރު

ހ. ހުދުފިނިފެންމާގެ، ހަސަން ޝާކިރު މުހައްމަދު ---

ދިވެހިބަހުގެ އެކަޑަމީގެ ރައީސަކަށް، މަޝްހޫރު ލިޔުންތެރިޔާ އަދި ޅެންވެރިޔާ، ހ. ހުދުފިނިފެންމާގެ، ހަސަން ޝާކިރު މުހައްމަދު ހޮވައިފިއެވެ.

ޝާކިރު އެމަޤާމަށް ހޮވާފައި ވަނީ، ހެރިޓޭޖް މިނިސްޓްރީގައި ބޭއްވި ދިވެހިބަހުގެ އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓެއްގައެވެ. ކޮމިޓީން ޝާކިރު އެމަޤާމަށް ހޮވާފައި ވަނީ ކޮމިޓީ މެމްބަރުންގެ އިއްތިފާޤުންނެވެ. އޭނާ އެންމެފަހުން ހުންނެވީ، އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

ޝާކިރުއަކީ، ލިޔުންތެރިކަމާއި ޅެންވެރިކަމުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާއަށް 1998 ވަނަ އަހަރު ޢާއްމު ޚިދުމަތުގެ ހިއްވަރު ދިނުމުގެ ޤައުމީ އިނާމު އަދި 2007 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރިނގުން ހިއްވަރު ދިނުމުގެ އިނާމު ސަރުކާރުން ދެއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް