Post banner
ރާއްޖެ

"ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

"ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި

"ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ގައި މުވައްޒަފަކު ލޭ ހަދިޔާކުރަނީ --- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނާއި، އެއާޕޯޓުގައި މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ބައިވެރިވެވެވޭގޮތަށް ކުރިއަށް ގެންދެވުނު ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމަށް މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމުގައި އެކުންފުނިން ހާމަކުރައްވާފައި ވެއެވެ.

"ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ހަރަކާތަކީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ހަރަކާތެކެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށްގެންދެވުނު މި ކޭމްޕުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވުމާއި މީގެއިތުރުން ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުން ކަމުގައި އެމްއޭސީއެލްއިން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް