ރާއްޖެ

ވިނަރެސް ފްލެޓް އިމާރާތްތަކުގެ ގްރައުންޑް ފްލޯގައި ސައިކަލު ޕާކު ނުކުރަން އަންގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވިނަރެސް ފްލެޓް އިމާރާތްތަކުގެ ގްރައުންޑް ފްލޯގައި ސައިކަލު ޕާކު ނުކުރަން އަންގައިފި

ވިނަރެސްގެ ބައެއް ޓަވަރުތައް --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ ފޭސް 2ގައި މީހުން ދިރިއުޅުމަށް އެޗްޑީސީން ވިއްކާފައިވާ، ވިނަރެސް ފްލެޓް އިމާރާތްތަކުގެ ގްރައުންޑް ފްލޯތައް، ކާރު ޕާކިންގއަށް ވިއްކާލައި އެތަންތަނުގައި ސައިކަލު ޕާކުކުރުން އެޗްޑީސީން މަނާކޮށްފިއެވެ.

އެޗްޑީސީން ގްރައިންޑް ފްލޯގެ ޕާކިންގ އޭރިޔާތަކުގައި ސައިކަލު ޕާކުނުކުރަން އަންގައި އެޗްޑީސީން ވަނީ އިޢުލާނެއްވެސް ހިއްޕާފައެވެ. އެއިއުލާނުގައި ބުނެފައި ވަނީ، އެތަނުން ވިއްކާފައިވާ ކާރުޕާކިންގ ޒޯންތައް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށްދާތީ މިހާރު އެތަނުގައި ނަގަން ބޭނުންވާ ކަމަށެވެ. އަދި ސައިކަލު ޕާކުކުރުމަށް ޓަވަރުތަކުގެ ޕާކިންގެ ފުރަތަމަ ފަންގިފިލާ ބޭނުން ކުރުމަށްވެސް އެޗްޑީސީން ވަނީ އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން މިދިޔަ ހަފްތާގައިވަނީ، ވިއްކާފައިވާ ކާރު ޕާކިން ސްލޮޓްތައް ހަވާލުވެސް ކުރަންފަށާފައެވެ.

ވިނަރެސްޓަވަރު ތަކުގައި ކާރު ޕާކުކުރަން ޖާގަތައް ވިއްކާފައި ވަނީ، އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އިސްކަން ދިނުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ކަން ފާހަގަކޮށް ބައެއް އާއްމުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އަދި ކާރު ޕާކިންގ ސްލޮޓްތައް ވިއްކާފައި ވަނީ ވަރަށް ބޮޑު އަގުގައި ކަންވެސް އާއްމުން ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް