ޤާސިމް އިބްރާހީމްގެ ބައްޕަގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ ބައްޕަގެ ހަނދާނުގައި، މާމިގިލީގައި ޢިމާރާތްކުރި މިސްކިތް މަސްޖިދުލް އިބްރާހީމް މިއަދު ހުޅުވައިފިއެވެ.
'މަސްޖިދު އިބްރާހިމް'ގެ ނަމުން ނަންދީފައިވާ މި މިސްކިތް މިއަދުގެ ހުކުރު ނަމާދު ވަގުތުގައި ހުޅުއްވައި ދެއްވީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އޮނަރަބަލް ޤާސިމް އިބްރާހިމްއެވެ.

800 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެކެވެ. މީގެ އިތުރުން މިސްކިތް ފިނިކުރިމަށްޓަކައި ވަނީ އޭސީވެސްކޮށްފައެވެ.
ޤާސިމް އިބްރާހީމް ވަނީ، އއ. ތޮއްޑޫގައިވެސް މިސްކިތެއް ބިނާކުރައްވާފައެވެ. އެމިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދު ޢާއިޝާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް