ކުރީގެ އަނބިމީހާ ވިއްކާލާނެ ކަމަށް ބުނެ ފިރިހެނަކު އިންޒާރު ދިން މައްސަލައެއް ބަލަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފިރިހެނަކު އޭނާގެ ކުރީގެ އަނބިމީހާ ވިއްކާލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ބަލަމުން އަންނަކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ހުށައަޅާފައި ވަނީ، 2026 ޖޫން 5 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންނަށް ހުށަހެޅުނު އެ މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވާ ކަމަށެވެ. އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް ހިމެނިފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް އެމައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް