ޤައުމީ ދުވަސް ފާހަގަކުރުމަށް ހުޅުދުއްފާރު އ.ތ.މ. ކޮމިޓީން ވާހަކަ މުބާރާތެއް ބާއްވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުދުއްފާެރު އ.ތ.މ ކޮމިޓީގެ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ: ހުޅުދުއްފާެރު އ.ތ.މ ކޮމިޓީ
ހުޅުދުއްފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ޤައުމީ ދުވަސް ފާހަގަކުރުމަށް، ވާހަކަ ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، މިހާރު ވަނީ، ފުރުޞަތު ހުޅުވާލާފައެވެ. ހުޅުދުއްފާރު އ.ތމ ކޮމިޓީން ހާމަކުރައްވާފައިވާ ގޮތުގައި، މިމުބާރާތް ހުޅުވާލާފައި ވަނީ، ހުޅުދުއްފާރުގެ ރައްޔިތުންގެ ތެރެއިން 13 އަހަރުން މަތީގެ ފަރާތްތަކަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، ވާހަކަ ފޮނުވުމުގެ ސުންގަނޑިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ އޮގަސްޓް މަހުގެ 10ވަނަ ދުވަހުގެ 13:00 އެވެ.
މިމުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް 2000ރ އަދި ދެވަނައަށްދާ ފަރާތަކަށް 1500ރ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000ރ ގެ ފައިސާގެ އިނާމު ވަނީ ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް