Post banner
ރާއްޖެ

މަޖިލީހުގެ މުހިއްމު ކޮމިޓީތަކުން ވަކިކޮށް ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުންވެސް ވަކިކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަޖިލީހުގެ މުހިއްމު ކޮމިޓީތަކުން ވަކިކޮށް ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުންވެސް ވަކިކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް --

ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނޭ އެންމެ ސީނިއަރ އެއް މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް މަޖިލީހުގެ މުހިއްމު ކޮމިޓީތަކުން ވަކިކުރުމަށް ފަހު، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުންވެސް ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

އަޙުމަދު ނާޒިމަކީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގައި ބޮޑުއަޤުލަބިއްޔަތަކުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ހޮވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ، މާލިއްޔަތު ކޮމިޓީގެ މެމްބަރު ކަމުންނާއި، އަދި ޤައުމީ ސަލާމަތާއި ބެހޭ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ނާޒިމް ވަކިކޮށް އެހެން ކޮމިޓީތަކަށް ވަނީ ބަދަލުކޮށްފައެވެ. މަޖިލީހުގެ އެންމެ ބާރުގަދަ އަދި އެންމެ މުހިއްމު ދެ ކޮމިޓީއަކީ މިއީއެވެ.

ނާޒިމާއި މެދު މިފިޔަވަޅުތައް އެޅި ސަބަބެއް ޕީއެންސީން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމުގެ މަޤާމުން ނާޒިމް ވަކިކުރުމުގެ ވާހަކަތަކެއް ދެކެވޭ ކަމުގައި، ނަންނުޖަހަން ޝަރުޠުކޮށް ވާހަކަ ދެއްކި ބައެއް މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ނާޒިމްގެ މައްޗަށް ޕީއެންސީގެ ތެެރެއިން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެހެން ނަމަވެސް މިކަންކަމާއި ގުޅޭ ގޮތުން މިހާތަނަށް، ނާޒިމް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް