ހަނިމާދޫ ކައުންސިލުން އެރަށުގެ ޞިއްޙީ މަރުކަޒަށް ޓީވީއެއް ހަދިޔާކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހަނިމާދޫ ކައުންސިލުން އެރަށުގެ ޞިއްޙީމަރުކަޒަށް ޓީވީއެއް ހަދިޔާކުރުން --
ހަނިމާދޫ ކައުންސިލުން އެރަށު ޞިއްޙީމަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓަށް 55 އިންޗި ޓީވީއެއް ހަދިޔާކޮށްފިއެވެ.
މި ޓީވީ، ހަނިމާދޫ ސިއްޙީ މަރުކަޒާއި ހަވާލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގައެވެ.
ރައްޔިތުންގެ ނޫހަށް މައުލޫމާތު ދެއްވަމުން، ހަނިމާދޫ ކައުންސިލް ނައިބު ރައީސް ފިރާޤް މުޙައްމަދު ވިދާޅުވީ ހަނިމާދޫ ހެލްތް ސެންޓަރުގެ ޕަބްލިކް ހެލްތު ޔުނިޓުގެ މުވައްޒަފުން މިދިޔަ ބުދަ ދުވަހު ދުވަހު ހަނިމާދޫ ކައުންސިލާއި ބައްދަލުކުރި ކަމަށެވެ.
އަދި މި ބައްދަލުވުމުގައި، މި ސަރުކާރުން މުޅި ރާއްޖޭގައި ފަށާފައިވާ ''ޕްރައިމަރީ ހެލްތްކެއަރ'' ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުމަށް ޞިއްޙީ މަރުކަޒުން އެދިފައިވާ ކަމަށެވެ. އަދި އެކަމަށް ކައުންސިލުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގައި ދަންނަވާފައިވާ ކަމުގައި ފިރާޤު ވިދާޅުވިއެވެ.
މިގޮތުން ޞިއްޙީ މަރުކަޒުން ރަށުގެ އެހެން ފަރާތްތަކާއި އެކު ބައްދަލުވުންތައް ބޭއްވުމަށް ހަނިމާދޫ ކައުންސިލްގެ މީޓިންގ ރޫމްވެސް ދޫކުރާނެ ކަމުގައި ފިރާޤު ވިދާޅުވިއެވެ.
މިދައުރުގައި ހަނިމާދޫ ކައުންސިލަށް އިންތިޚާބުވި މެމްބަރުންގެ އަމާޒަކީ ހަނިމާދޫ އަށް އިންޤިލާބީ ހެޔޮ ބަދަލެއް ގެނެސްދިނުން ކަން ވެސް ހަނިމާދޫ ކައުންސިލް ނައިބު ރައީސް ފިރާޤް މުޙައްމަދު ވަނީ ވިދާޅުވެފައެވެ.
ހަނިމާދޫއަކީ، ހދ.. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ މުހިއްމު އެއްރަށެވެ.
ޚަބަރު ލިޔުނީ: މުޙައްމަދު މުޢާޒު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް