Post banner
ރާއްޖެ

ޢީދުމަޅި ރޯކޮށް އަތޮޅުތަކުގެ ރަށްރަށުގައި ޢީދު ކުޅިވަރުތައް ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޢީދުމަޅި ރޯކޮށް އަތޮޅުތަކުގެ ރަށްރަށުގައި ޢީދު ކުޅިވަރުތައް ފަށައިފި

ހއ. ދިއްދޫ އީދުމަޅި ރޯކުރުން --- ފޮޓޯ: ދިއްދޫ ކައުންސިލް

ޢީދުމަޅި ރޯކޮށް އަތޮޅުތަކުގެ ރަށްރަށުގައި މިރޭ ޢީދު ކުޅިވަރުތައް ފަށައިފިއެވެ.

އީދުމަޅިތައް ރޯކުރުމުގެ ޚާއްޞަ ރަސްމިއްޔާތުތަކުގެ އިތުރުން، ބޮޑުބެރުޖެހުމާއި މިޔުޒިކާއި ނެށުން ފަދަ ހަރަކާތްތައް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި މިރޭ ވަނީ ކުރިޔަށް ގެންގޮސްފައެވެ.

Uploaded image

މިގޮތުން ހއ. ދިއްދޫގައި ވަނީ، ޢީދު ފާހަގަކުރުމަށް އީދުމަޅި ރޯކޮށް އަދި ބޮޑުބެރުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. އަދި ބ. ގޮއިދޫ އާއި ބ. ކުޑަރިކިލުގައިވެސް މިރޭ ވަނީ ޢީދު މަޅިތައް ރޯކޮށް އީދު ކުޅިވަރުތައް ފަށާފައެވެ.

މިއަހަރު އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައި އެރަށްރަށުގެ ކައުންސިލްތަކުން އިންތިޒާމްކޮށްގެން ޢީދު ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ބާއްވައެވެ.

މިގޮތުން ފާހަގަކޮށްލެވޭ ރަށްރަކުގެ ތެރޭގައި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ރ. މީދޫ، ބ. ގޮއިދޫ، ބ. ކުޑަރިކިލު، އއ. ތޮއްޑޫ، ތ. ހިރިލަންދޫ، ތ. ކިނބިދޫ، ހިމެނެއެވެ.

އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދުގެ ޢީދު ޚިޠާބުގައި ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް