އޯލެވެލް އިމްތިހާން ބޯމަތިވަމުން އަންނައިރު އިންނަމާދޫ ސްކޫލުގައި ބަޔޮލޮޖީ ޓީޗަރެއް ނެތް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންނަމާދޫ ސްކޫލް - ފޮޓޯ: ރައްޔިތުންގެ ނޫސް
އޯލެވެލް އިމްތިހާނު ބޯމަތިވެފައި އޮތް އިރު އިންނަމާދޫގައި ބަޔަޮލޮޖީ ޓީޗަރެއް ނެތި ގިނަ ދުވަސްތަކެއް ވުމުން ބެލެނިވެރިން ބެލެނިވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންނަމާދޫ ސްކޫލުގައި ބަޔޮލޮޖީ ޓީޗަރަކާއި، ޤުރުއާން ޓީޗަރެއްވެސް ނެތުމާއި، ދިވެހި އިސްލާމް މާއްދާ ކިއަވައިދޭ ޓީޗަރުންގެ ދަތިކަން ވެސް އެބައޮތް ކަމުގައި ކަމަށް ރައްޔިތުންގެ ނޫހަށް މައުލޫމާތު ދިން އިންނަމާދޫ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންނަމާދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ނަޢީމް ވިދާޅުވީ ބަޔޮލޮޖީ ޓީޗަރަކު ހޯދުމަށް ދުރާލާ މަސައްކަތް ނުކުރެވުނީ އިންނަމާދޫ ސްކޫލުގައި މަސައްކަތް ކުރެއްވި ބިދޭސީ ބަޔޮލޮޖީ ޓީޗަރު ވަކިވެފައި ވަނީ ސިއްޙީ ހާލަތު ހުރިގޮތުން ކުއްލިގޮތަކަށް ކަމަށް ވުމުން ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ ބަޔޮލޮޖީ ޓީޗަރަކު ހޯދުމަށް އެޑިއުކޭޝަންގައި ދަންނަވާފައި ވާނޭކަމަށާއި، ފުރިހަމަ ކުރަންޖެހޭ އެކި އެކި މަރުހަލާތައް ނިމުނުހާ އަވަހަށް ޓީޗަރަކު ހަމަ ޖެހޭނޭ ކަމަށް އެޑިއުކޭޝަނުން މަޢުލޫމާތުދޭ ކަމަށެވެ. އަދި ބަޔޮލޮޖީ މާއްދާ ކިޔަވައިދޭ ޓީޗަރަކު ނެތް ނަމަވެސް ދަރިވަރުންނަށް ކުލާސްތައް މެދު ނުކެނޑި ނަގައިދެމުންދާ ކަމަށާއި ރަށުން ބޭރުން ބަޔޮލޮޖީ ޓީޗަރަކު ގެނެސްގެން ވެސް ކުލާސްތަކެއް ކުރިޔަށް ގެންދާ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
އަދި ސުކޫލްގައި މަސައްކަތް ކުރައްވާ ދެ ޤުރްއާން ޓީޗަރުން ވެސް އެބޭފުޅުންނަށް ވެސް ޙައްޤުވާ ޗުއްޓީއެއް ގައި ތިއްބެވުމުން، އެމާއްދާގެ ކުލާސްތައް ވެސް މެދުކެނޑުނަ ނުދީ ކުރިއަށް ގެންގޮސްފައި ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޤުރްއާން މާއްދާ ކިޔަވައިދިނުމަށް ވަގުތީގޮތުން ޓީޗަރަކު މިހާރު ހަމަޖެހިފައިވާ ކަމުގައިވެސް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ.
ދިވެހި އަދި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރުން މަދުވުމުގެ މައްސަލަ އަބަދު ވެސް އޮންނަކަމަށާއި، އެހެން ނަމަވެސް ސުކޫލްގައި ތިއްބެވި އެމާއްދާތަކަށް ޚާއްސަ ޓީޗަރުން ބޭނުންކޮށްގެން އެމާއްދާތަކުގެ ކުލާސްތައް ވެސް ބަރާބަރަށް ނަގަމުންދާކަމުގައި ޕްރިންސިޕަލް ނަޢީމް ވިދާޅުވިއެވެ.
މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ގުޅާލުމުން މިނިސްޓްރީއިން ވިދާޅުވީ، ސެޕްޓެމްބަރ މަހު ކުރީކޮޅު އިންނަމާދޫ ސްކޫލަށް ބަޔޮލޮޖީ ޓީޗަރަކު ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރުވެސް ދަރިވަރުންނަށް އެމާއްދާގެ ފިޒިކަލް ކުލާސްތައް އަދި އޮންލައިން ކުލާސްތައް ނަގައިދެމުން ދާކަމަށެވެ.
ރައްޔިތުންގެ ނޫހުން މިކަން ސާފުކުރުމަށް ކުރެވުނު މަސައްކަތުން ބެލެނިވެރިންގެ ފަރާތުން އިތުރަށް މަޢުލޫމާތު ލިބުނުގޮތުގައި ރަށުން ބޭރުން ކުލާސް ނެގުމަށް ގެނެވުނީ ރަސްމާދޫ ސްކޫލުގައި މަސައްކަތް ކުރައްވާ އެސްކޫލުގެ ބަޔޮލޮޖީ ޓީޗަރެވެ. އެޓީޗަރު ނަގައިދެއްވީ އެންމެ ކުލާހެއް ކަމަށް ބެލެނިވެރިޔަކު މަޢުލޫމާތުދިނެވެ. އަދި މިކަން ރަސްމާދޫ ސްކޫލުން ވަރަށް އިތުބާރުހުރި ގޮތެއްގައި ކަށަވަރުކޮށްދިނެވެ.
މިއަހަރުގެ އެސްއެސްސީ އިމްތިހާން މިމަހުގެ 21ގައި ފެށޭއިރު، އައިޖީއެސްސީ އިމްތިހާން އޮކްޓޫބަރު މަހުގައި ފެށޭނެއެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް