ސިނަމާލެ ބްރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ސިނަމާލެ ބްރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ސިނަމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމުގެ ދިރާސާތައް އެމަނިކުފާނު ހައުސިންގ މިނިސްޓަރުގެ މަގާމު ފުރުއްވި ދުވަސްވަރު ކުރިއަށް ދިޔަ ނަމަވެސް، ނިމިދިޔަ ސަރުކާރުން ހިފަހައްޓާފައިވާ އުސޫލާއެކު ސަރުކާރުންވެސް ކުރިއަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ސިނަމާލެ ބްރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ މިހާރު މަސައްކަތްކުރިއަށްދާ ތިލަމާލެ ބްރިޖްގެ ޓޯލް ފީ ނެގުމުގެ މަޝްވަރާއެއް އަދި ދިރާސާއެއް އަދި ކުރިއަށްނުދާ ކަމަށެވެ. އަދި ތިލަމާލެ ބްރިޖްގެ ޓޯލް ފީ އާއި ގުޅޭގޮތުން ގޮތެއް ނިންމަވާފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް