Post banner
ރާއްޖެ

"ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އެކުލަވާލައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

"ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އެކުލަވާލައްވައިފި

5  މެންބަރުންގެ މައްޗަށް އެކުލެވޭ "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ" --- ފޮޓޯ: ޒަކާތު ހައުސް

ޒަކާތާ ބެހޭ ގާނޫނުގެ ދަށުން 5  މެންބަރުންގެ މައްޗަށް އެކުލެވޭ "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ"  އެކުލަވާލާ، އެ ކޮމިޓީއަށް މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

އެމަނިކުފާނު މި ކޮމިޓީ އެކުލަވާލެއްވީ ޒަކާތުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި އެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފާ އަދި އިރުޝާދު ދިނުމަށެވެ.

އެގޮތުން، މި ކޮމިޓީއަށް އައްޔަންކުރެވޭ މެންބަރުންނަކީ އިސްލާމީ ޝަރީއާގެ ކަމާ ގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލު ކޮށްފައިވާ ބަޔަކަށްވާން ޖެހޭނެއެވެ. މީގެ އިތުރުން މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަގުރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައި ވުން ވެސް ޒަކާތާ ބެހޭ ގާނޫނުގެ ދަށުން ލާޒިމެވެ.

ކޮމިޓީއަށް އައްޔަންކުރެއްވި މެންބަރުން:

  • ·ޗެއަރޕަރސަން: އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން (މ. ޕެޓީބާރޑް، މާލެ ސިޓީ)، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ

  • މެންބަރު: އަލްއުސްތާޛު އުސާމް މުޙައްމަދު ސަޢީދު (ގަމަރީ، ގދ. މަޑަވެލި)، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ

  • މެންބަރު: އަލްއުސްތާޛު ޢަބްދުލްހާދީ ޙުސައިން (ޓިއުލިޕް، ރ. ކިނޮޅަސް)، ބީއެމްއެލް އިސްލާމިކްގެ ހެޑް އޮފް ޝަރީޢާ ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް

  • މެންބަރު: އަލްއުސްތާޛު އަޙްމަދު ފިރާސް (ވެސްޓްލައިޓް، ސ. ހުޅުދޫ)، ކަންޓްރީ ހެޑް އޮފް ޝަރީޢާ، އެޗް.އެސް.ބީ.ސީ އަމާނާ، މެލޭޝިއާ

  • މެންބަރު: އަލްއުސްތާޛު ޢަޒްމީނު ރަޝީދު (ޗަނބޭލީވިލާ، ގދ. ރަތަފަންދޫ)، ސީނިއަރ ލީގަލް ސްޓްރެޓެޖިސްޓް، ފިނޭންސް މިނިސްޓްރީ

މިދިޔަ މަހުގެ އެކަކުން ފެށިގެން އަމަލުކުރަން ފެށި މި ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ، އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް