ފީނަންގޮސް އުޅެނިކޮށް ގެއްލުނު ނޭޕާލް މީހާ ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ -- ފޮޓޯ: ރައްޔިތުންގެ ނޫސް
ވިލިމާލެ ފަޅުތެރޭގައި ފީނަންގޮސް އުޅެނިކޮށް މިއަދު ހެނދުނު ގެއްލުނު މީހާ ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި ފީނަންގޮސް އުޅުނު މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 06:30 ހާއިރެވެ. އަދި ފުލުހުން ކުރި މަސައްކަތުން އޭނާ ފެނުނީ ހެނދުނު 06:55 ހާއިރު މޫދު އަޑީގައި އޮއްވައެވެ.
ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އޭނާ ނިޔާވިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް