ތިނަދޫ ޖަޒީރާ ބޯޓު އަޑިޔަށް ހިނގައްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޖަޒީރާ ބޯޓު އަޑިޔަށްދާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް ---
މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" އަޑިޔަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުންނާއި ފުލުހުންވެސް ވިދާޅުވީ، މިބޯޓު އަޑިޔަށް ގޮސްފައި ވަނީ، ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރު ސަރަހައްދަކަށް ކަމަށެވެ. ބޯޓު އަޑިޔަށް ދިޔުމާއި ގުޅިގެން އެބޯޓުގައި ހުރި ބައެއް މުދާ ކަނޑު ތެރެއިން އޮޔާދާތީ، އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށްވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
މިބޯޓު އަޑިޔަށްދިޔައީ، މިއަދު ހަވީރު 15:26 އެހާކަންހާއިރުގައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ބޯޓުން ދަތުރުކުރި އެންމެން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްގެން ފުލިދޫ އަށް ގެންގޮސްފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި 3 ދިވެހި ފިރިހެނުންނެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް