ރާއްޖެ

ވޭޕާއި ސިނގިރެޓާއި ގުޅުންހުރި މައްސަލަތަކުގައި މިދިޔަ މަހު 82 މީހުން 4 ލައްކަރުފިޔާއިން ޖޫރިމަނާކުރި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވޭޕާއި ސިނގިރެޓާއި ގުޅުންހުރި މައްސަލަތަކުގައި މިދިޔަ މަހު 82 މީހުން 4 ލައްކަރުފިޔާއިން ޖޫރިމަނާކުރި

ދުންފަތް މަނާކުރުމުގެ ޤާނޫނުނުގެ ދަށުން މިހުސްވި މާރިޗުމަހު 82 މީހުން ޖޫރިމަނާކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުންގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާތަކުގެ އަދަދު، ޖުމުލަ 407،000ރ އަށް އަރާކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ 82 މީހުންނަކީ، ޖުމުލަ 20 މައްސަލައަކާއި ގުޅިގެން ޖޫރިމަނާކުރި މީހުންކަމަށެވެ. އޭގެތެރެއިން 30 މީހުން ޖޫރިމަނާކޮށްފައި ވަނީ އީ ސިނގިރެޓާއި، ވޭޕު ގެންގުޅުމުގެ ކުށުގައެވެ. އެ މީހުން ޖޫރިމަނާކުރި ޖުމުލަ އަދަދަކީ، 138،000ރ އެވެ. މީގެ އިތުރުން ވޭޕާއި އީސިނގިރޭޓް ބުއިމުގެ މައްސަލަތަކުގައި ޖުމުލަ 52 މީހުން ޖޫރިމަނާކުރި އިރު، އެމީހުން ޖޫރޮމަނާކުރި އަދަދަކީ ޖުމުލަ 269000ރ އެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާކުރީ، 15 ނޮވެމްބަރ 2024 ގައެވެ. މިފާއިތުވި ދޮޅުއަހަރުގެ ތެރޭގައި އެފަދަކުށްތަކުގައި ގިނަ އަދަދެއްގެ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި އިރު ޖޫރިމަނާ ފައިސާ ދައުލަތަށް ނުދައްކާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް