Post banner
ރާއްޖެ

ޕީއެންސީގެ 7 މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލެނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕީއެންސީގެ 7 މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލެނީ

ޕީއެންސީއަށް ސޮއިކުރި މެމްބަރުންނާއި އެކު ރައީސް ޑރ. މުޢިއްޒު މުލީއާގޭގައި --

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ 7 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި މައްސަލަ ސްޕްރީމްކޯޓަށް ހުށައަޅަން ނިންމައިފިއެވެ.

ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވީ، މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަތިބި ކަމަށެވެ. އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މީހުންނަކީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު ޕީއެންސީ އަށް ސޮއި ކުރި މެންބަރުން ކަމުގައިވެސް ޢަލީ ހުސައިން ވިދާޅުވިއެވެ.

ޢަލީ ޙުސައިން ވިދާޅުވީ، އެ މެމްބަރުންގެ ގޮނޑި ގެއްލެނީ، ޤާނޫނު އަސާސީއަށް ގެނައި އިސްލާޙް ރަނގަޅު ކަމަށާއި، މާޒީއަށް އެ ޤާނޫނު ހިނގާނޭ ކަމަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ކަނޑައަޅާފައިވުމުން ކަމަށެވެ. އެހެން ކަމުން ސްޕްރީމްކޯޓުގެ އެނިންމުމުގެ ސަބަބުން، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބު ވުމަށްފަހު، ޕީއެންސީއަށް ސޮއި ކުރެއްވި ހުރިހާ މެމްބަރުންގެ ގޮނޑިވެސް ގެއްލޭނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަ ކުރައްވައި މަޖިލީހުގެ ގޮނޑި ކާމިޔާބުވުމަށް ފަހުގައި، 7 މެމްބަރަކު ޕީއެންސީއަށް ސޮއިކުރައްވާފައި ވެއެވެ.

1- ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް

2- މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

3- މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު

4- ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް

5- ނައިފަރު ދާއިރާގެ މެމްބަރު ޔާސީން އަބްދުﷲ

6- ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލް އަޒީޒް

7- ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު

މި މެމްބަރުން،ގެ ތެެރެއިން އަލްސަން ފިޔަވައި އެހެން މެމްބަރުން ޕީއެންސީއަށް ސޮއިކުރައްވާފައި ވަނީ، 24 އޭޕްރިލް 2024ގައެވެ.

އަލްސަން ޕީއެންސީއަށް ސޮއިކުރެއްވީ 7 ޖޫން 2024 ގައެވެ.

މަޖިލީހުގެ މެމްބަރުން އިންތިޚާބުވީ ޙައިސިއްޔަތު ބަދަލުކޮށްފިނަމަ، ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީއަަށް ގެނައި އިސްލާޙު، އެ އިސްލާޙް ފާސްކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި، މެމްބަރުންގެ މައްޗަށް ހިނގާނެ ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް