Post banner
ރާއްޖެ

ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން: އެންޑީއެމްއޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން: އެންޑީއެމްއޭ

ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެންވަދެ ގެއްލުންތައް ވެފައި -- ފޮޓޯ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދާކަމުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން ވިދާޅުވީ، މިވިއްސާރައިގައި މިއަދުގެ މިހާތަނަށް ސ. ފޭދޫގައި ފެންބޮޑުވެ، 9 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައިވާކަމަށެވެ. ފެންބޮޑުވުމާއި ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ 3 ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދެވިފައިވާއިރު، 1 ގެއަކަށް ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން އެގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ތިން ދުވަހުގެ މުއްދަތަށް ވަނީ ފޯރުކޮށްދެވިފައި ކަމުގައި އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މީގެއިތުރުން، ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާޚާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެރަށު ފެނަކައާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން މިހާރު ދަނީ ކުރަމުން ކަމުގައިވެސް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ މި ވިއްސާރަ ހަފްތާއެއްގައި ދުވަހަށް ދެމިގެންދާނެ ކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް