Post banner
ރަށްރަށުން

ވެމްކޯ ރ ވަންދޫ ފެސިލިޓީގައި މަަސައްކަތް ކުރާ 2 މުއައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވެމްކޯ ރ ވަންދޫ ފެސިލިޓީގައި މަަސައްކަތް ކުރާ 2 މުއައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ރ. ވަންދޫގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެކު ވެމްކޯގެ އެމްޑީ އެރަށުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ވެމްކޯ

ވެމްކޯ ރ ވަންދޫ ފެސިލިޓީގައި މަަސައްކަތް ކުރާ 2 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ސެޕްޓެމްބަރ 4 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައި ވަނީ ހެވީ ވެހިކަލް އޮޕަރޭޓަރެއްގެ މަޤާމުގައި 8 އަަހަރު ވެމްކޯއަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފެކެވެ. އަދި ސެޕްޓެމްބަރު 5 ވަނަ ދުވަހު ވަކިކޮށްފައި ވަނީ އިންނަމާދޫއަށް ނިސްބަތްވާ މުވައްޒަފެކެވެ.

އެމުވައްޒަފުން ވަކިކޮށްފައި ވަނީ 2/2008(ވަޒީފާ އާއި ބެހޭ ޤާނޫނު) 21 ވަނަ މާއްދާގެ (ނ) އާއި 2021 އާރް-63 (ވަޒީފާއާއިބެހޭ ޢާންމު ޤަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގެ ދަށުން އަދި 22 ޖުލައި 2026 ގައި ޢަމަލުކުރަންފަށާފައިވާ "ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ އިޤްތިޞާދީ ސަބަބުތަކާއި ގުޅިގެން ވަޒީފާއިން ވަކިކުރުމުގައި (ރިޓަންޑެންސީ) ޢަމަލުކުރާނެ ގޮތުގެ އުޞޫލު"ގެ 4 ވަނަ މާއްދާގެ (ހ)ގެ (3)ގެ ދަށުން އަދި އެއުޞޫލުގެ 8 ވަނަ މާއްދާގެ (ހ)ގެ ދަށުން ނޯޓިސް މުއްދަތަށްވާ ފައިސާއާއި އެކު ވަޒީފާ ދޫކޮށްލުމަށް(ރިޓަންޑަންޓް ކުރުމަށް) ނިންމާފައިވުމުން ކަމުގައި ވަޒީފާއިން ވަކިކުރި ލިޔުމުގައި ބުނެފައި ވެއެވެ.

މި ނިންމުމާއި ގުޅިގެން މުވައްޒަފަށް ދޭންޖެހޭ ފައިސާ މުވައްޒަފު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 1 މަސް ދުވަސްތެރޭގައި ލިބޭނެކަމަށް ވަޒީފާއިން ވަކިކުރި ލިޔުމުގައި ބަޔާންކޮށްފައި ވެއެވެ.

"ދެރައީ ގިނަ ލޯނުތަކެއް ދައްކަންވެފަ ހުއްޓާ ކުއްލިޔަކަށް ވަޒީފާއިން ވަކިކުރީމަ" ވަޒީފާއިން ވަކިކުރި މުއައްޒަފަކު ކަންބޮޑުވުމާއި އެކު ރައްޔިތުންގެ ނޫހާއި ވާހަކަ ދައްކަމުން ބުންޏެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުއައްޒަފުން ވަކިކުރާނެ ކަމުގައި ރައީސް މުޢިއްޒު މީގެ ދުވަސްކޮޅެއް ކުރިންވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރު މުއައްޒަފުންގެ ވަޒީފާތައް ގެއްލޭނެ ކަމުގައި ވަނީ ބެލެވިފައެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް