Post banner
ރަށްރަށުން

ފައިސަލް ފައުންޑޭޝަންގެ އުމްރާ ދަތުރު ލިބުނީ، އައިޝަތު ޝީރާޒް މުޙައްމަދަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފައިސަލް ފައުންޑޭޝަންގެ އުމްރާ ދަތުރު ލިބުނީ، އައިޝަތު ޝީރާޒް މުޙައްމަދަށް!

ފައިސަލް ފައުންޑޭޝަންގެ އުމްރާ ދަތުރު ލިބުނު ފަރާތަށް އެކަމުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވުން --- ފޮޓޯ: ފައިސަލް ފައުންޑޭޝަން

ފައިސަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްމެޗު ބެލުމުގެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށްދޭ ޢުމްރާ ދަތުރު، އައިޝަތު ޝީރާޒް މުޙައްމަދަށް ލިބިއްޖެއެވެ.

އޭނާއަށް ޢުމްރާ ދަތުރުގެ، ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ، ފައިނަލް މެޗު ނިމުމަށްފަހު، ފައިސަލް ފައުންޑޭޝަންގެ ބާނީ، އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. މިހަރަކާތުގައި އެންމެ ބޮޑު އިނާމަކަށް ހުށައަޅާފައި ވަނީވެސް ޢުމްރާ ދަތުރެކެވެ.

މީގެ އިތުރުންވެސް ފައިނަލް މެޗު ބެލުމުގެ ހަރަކާތުގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށް އެކި އިނާމްތައް ރޭ ވަނީ ހަވާލުކޮށްފައެވެ. ކޮންމެ ވޯލްޑް ކަޕެއްގެވެސް ފައިނަލް މެޗު އޮންނަރޭ ފައިސަލް ފައުންޑޭޝަނުން، ފައިނަލް މެޗު ބެލުމުގެ ޙާއްޞަ ހަރަކާތެއް ބާއްވައެވެ. 1998 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕް ކުޅޭ ކޮންމެ އަހަރެއްގައިވެސް މިހަރަކާތް ފުވައްމުލަކުގައި ފައިސަލް ފައުންޑޭޝަންގެ ފަރާތުން އަންނަނީ ބާއްވަމުންނެވެ. މިހާތަނަށް ހުރިހާ އަހަރެއްގައިވެސް އެހަރަކާތް ބާއްވަމުން އައިސްފައި ވަނީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ނަމަވެސް، މިފަހަރު އެތަން ދިނުމަށްފަހު، ފަހުން ވަނީ ކެންސަލްކޮށްފައެވެ. އެހެންވެ ރޭ އެހަރަކާތް ބާއްވާފައި ވަނީ، ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައެވެ.

މިފަހަރުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ، ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކުގައި ކަމުގައި ފައިސަލް ފައުންޑޭޝަނުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް