Post banner
ރާއްޖެ

ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ ---

ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސްކޮމިޝަނުން މިއަދު ހާމަކުރައްވާފައިވާ ގޮތުަގައި، ޢަލީ މުސްތަފާ މުސްތަފާ ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ދެކޮޅަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

އަލީ މުސްތަފާ ސަސްޕެންޑް ކޮށްފައި ވަނީ 60 ދުވަހަށް ކަމުގައިވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކުރައްވާފައި ވެއެވެ. އެހެން ނަމަވެސް އޭނާ އާއި ދެކޮޅަށް ހުށައެޅި ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް އެކޮމިޝަނުން ހާމަކުރައްވާފައެއް ނުވެއެވެ. އެކޮމިޝަނުން ވިދާޅުވީ، ޢަލީ މުސްޠަފާ ސަސްޕެންޑްކޮށްފައި ވަނީ މައްސަލައިގެ ބާވަތަށާއި، ތަޙްޤިޤަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، މިއަދު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 22 ވަނަ ޖަލްސާގައި އޭނާ ސަސްޕެންޑް ކުރުމަށް ނިންމުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް