Post banner
ރާއްޖެ

ހައްޖުވެރިން ރާއްޖެއަންނަ ފްލައިޓްތަކުގެ ގަޑިތައް ބަދަލުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހައްޖުވެރިން ރާއްޖެއަންނަ ފްލައިޓްތަކުގެ ގަޑިތައް ބަދަލުވެއްޖެ

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މަދީނާއަށް އައުން -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން ދަތުރުކުރާ ސަޢުދިއާ ފްލައިޓްގެ ގަޑިތަކަށް ބަދަލު އައިސްފައިވާކަމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން މިރޭ ވަނީ، ހައްޖުވެރިން ރާއްޖެއަށް ފުރުމަށް ހަމަޖެހިފައިވާ ގޮތުގެ އައު ތާވަލުހާމަކޮށްފައެވެ. ހަތަރު ފްލައިޓެއްގައި ހައްޖުވެރިން ރާއްޖެއަންނައިރު އޭގެ ތެރެއިން ދެ ފްލައިޓަކީ ސައުދިއާގެ ފްލައިޓްތަކެވެ. މިގޮތުން ރާއްޖެއަށް އަންނަ ފުރަތަމަ ގުރޫޕުގެ މީހުންނާއި 3 ވަނަ ގުރޫޕްގެ މީހުން ދަތުރުކުރާނީ ސައުދިއާގެ ފްލައިޓްގައެވެ. ހައްޖުވެރިން މާލެއަށް ފުރާނީ މަދީނާ އެއާޕޯޓުންނެވެ.

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިހާރު، މަދީނާއަށް ގޮސްފައިވާ އިރުމ އެގުރޫޕްގައި ހިމެނޭ ހައްޖުވެރިން، މަދީނާއިން ރާއްޖެއައުމަށް ފުރާނީ، ޖޫން 5 ވަނަ ދުވަހު މަދީނާގަޑިން، ހެނދުނު 9:00ގައި އަދި ރާއްޖޭގަޑިން ހެނދުނު 11:00ގައެވެ، އެފްލައިޓް ހުޅުލެއަށް ޖައްސާނީ އެރޭގެ 8:00 ގައެވެ. ޖޫން 7 ވަނަ ދުވަހު ސައުދިއާއިން ފުރާ ތިންވަނަ ފްލައިޓްގެ ހައްޖުވެރިންވެސް ފުރާނީ ހަމައެގަޑިތަކުގައެވެ.

Uploaded image

ސައުދިއާގެ އިތުރުން ހައްޖުވެރިން ދެން ދަތުރުކުރަނީ، ޤައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓެއްގައެވެ. މިގޮތުން ދެވަނަ ފްލައިޓް ޖޫން 8ވަނަ ދުވަހު މަދީނާގަޑިން ހެނދުނު 9:40ގައި ފުރާއިރު، އެފްލައިޓް މާލެއަށް ޖައްސާނީ، ރާއްޖޭގަޑިން އެދުވަހުގެ ހަވީރު 5:40 ގައެވެ.

ހައްޖުވެރިންގެ ފަހު ފްލައިޓްގެ ހައްޖުވެރިން ފުރާނީ، ޖޫން 9 ވަނަ ދުވަހު މަދީނާ ގަޑިން ހަވީރު 4:00ގައެވެ. އެފްލައިޓް މާލެއަށް ޖައްސާނީ، އެރޭގެ ދަންވަރު ރާއްޖޭގަޑިން 12:01ގައެވެ.

ރާއްޖެއިން މިއަހަރު އެއްހާހަށް ވުރެ ގިނަ މީހުން ވަނީ ހައްޖަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް