ސޯޝަލް މީޑިއާއަށް ގާނޫނު ނުހިނގާނެ ކަމަށް ބުނެ ހެދީ ދޮގު: ފައްޔާޒު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ
ސޯޝަލް މީޑިއާއަށް ގާނޫނު ނުހިނގާނެ ކަމަށް ބުނެ ރައީސް ޑރ، މުއިއްޒުގެ ސަރުކާރުން ހެދީ ދޮގުކަން ވަރަށް ބޮޑަށް ސާފުވާކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރިހާ ހައްގެ ހަނިކުރަމުން ހަނިކުރަމުން ގޮސް މިއަދު އެ ފަށަނީ ހައްގުތައް އެއްކޮށް ނިގުޅައިގަތުމުގެ މަރުހަލާ ކަމަށެވެ. އަދި އަސާސީ އެއްވެސް ހައްގެއް ހަނިކުރާ ކޮންމެ ގާނޫނެއް އެއީ ބާތިލު ގާނޫނެއް ކަމަށާއި، ކޮންޓްރޯލް ކޮމިޝަނުގެ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އެންގުމަށް ތަބާވާން ނުޖެހޭނެ ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފޭރިގަންނަމުން އެދަނީ ނުރައްކާތެރި ރޭޓެއްގައި ކަމަށާއި، އެ ގާނޫނަކީ ހުރިހާ ރައްޔިތުން ކޮންޓްރޯލް ކުރުމަށް ފާސްކޮށް އަމަލުކުރަމުންދާ ގާނޫނެއްކަން މިއަދު ހާމަވެފައިވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް އާންމުވެގެންވާ އެންގުމެއް އެންގުމުގެ ބާރު އެ ކޮމިޝަނަކަށް ނޯންނާނެކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، ދައުރުގެ ބާކީ އޮތް ބައިގައި ކޮންމެ ދިވެއްސަކު ދައްކާ ވާހަކަ އާއި، ކުރާ ކަންކަމާއި، ލިޔާ ލިޔުންތަކާއި، ކުރަހާ ކުރެހުންތަކާއި، އަޅާ ކޮންމެ ފިޔަވަޅެއް ކޮންޓްރޯލް ކުރެވޭނެ ކަމަށް ދެކިގެން ނުވާނެ. ކަމަށާއި، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން)ގެ އިޢުލާނަކީ ގާނޫނުއަސާސީއާ ކަޑައެޅިގެން ހިލާފް އިޢުލާނެއްކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު މިމޭރުމުން ޕޯސްޓު ކުރައްވާފައި މިވަނީ، 2026 ޖަނަވަރީ 22 ވަނަ ދުވަހު، ރާއްޖޭގެ އޮންލައިން ނޫސް އަދަދުގެ "ސިޔާސީ ކާޓޫން ސެގްމެންޓް"ގައި ޝާއިޢުކުރި، ކާޓޫން ތަސްވީރާއި ގުޅިގެން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު އިޢުލާނެއްގައި، އެކޮމިޝަނުން ބަލަމުންދާ މައްސަލައާ މެދު ވަކިގޮތެއް ނިމެންދެން އެ "ކޮންޓެންޓް" އެއްވެސް މީޑިއާ އަކުން ދައުރު ނުކުރުމަށް އަންގައި އިޢުލާނު ކުރުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް