Post banner
ދުނިޔެ

ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލައިފި

ލީބިޔާގެ ކުރީގެ ރައީސް ކާނަލް މުޢައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ ---

އަވަހާރަކޮށްލި ލީބިޔާގެ ކުރީގެ ރައީސް ކާނަލް މުޢައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލައިފިއެވެ.

ލީބިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލާފައި ވަނީ، ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ ހުޅަނގު ދެކުނުގައި އޮންނަ ޒިތާންގައި އޭނާ ދިރިއުޅުއްވާގެއަށް މޫނު ނިވާކޮށްގެންތިބި ހަތިޔާރުއެޅި ބަޔަކު ވަދެ ބަޑިން ހަމަލާދީގެންނެވެ.

ލީބިޔާއަށް އެމެރިކާއިން ވައިގެ ހަމަލާތައްދީ ލީބިޔާގެ އެތެރޭގައި ސަރުކާރާއި ދެކޮޅު ފަރާތްތަކަށް ހަތިޔާރުފޯރުކޮށްދީ އެމެރިކާއިން ހިންގުވި ހަމަނުޖެހުންތަކުގެ ތެރޭގައި އޭރު ވެރިކަމުގައި ހުންނެވި ލީބިޔާގެ ރައީސް ކާނަލް މުައްމަރުލް ގައްޒާފީ އަވަހާރަކޮށްލި އިރު، ސައިފުލް އިސްލާމް ގައްޒާފީއަކީ، ލީބިޔާ ސަރުކާރުގައި އިސް މަޤާމުތަކެއް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.

ގައްޒާފީ އަވަހާރަކޮށްލުމަށް ފަހުގައި ލީބިޔާގައި އުފެއްދި އެމެރިކާއިން ވާގިވެރިވާ ސަރުކާރުން ސައިފުލް އިސްލާމް ޖަލުގައި ބަންދުކުރިއެވެ. 2017 ވަނަ އަހަރު އޭނާ ޖަލުން މިނިވަންވެ ވަޑައިގެންނެވުމަށްފަހުގައި ދިރިއުޅުއްވީވެސް ޒިތާންގައެވެ.

ސައިފުލް އިސްލާމް ގައްޒާފީއަކީ، އެމެރިކާ އަޑީގައި އޮވެ އަވަހާރަކޮށްލި ލީބިޔާގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ދެވަނަ ދަރިކަލުންނެވެ. އޭނާ އުފަންވެވަޑައިގެންނެވީ، 1972 ވަނަ އަހަރުގެ ޖޫން މަހު ޓްރިޕޮލީގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް