ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ބުނީ ނޫނެކޭ: ކުރީގެ ރައީސް އިބޫ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ---
އިންތިޚާބުގެ ނަތީޖާއިން ފެނިގެން ދިޔައީ، ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނި މަންޒަރު ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި ޚިޔާލުހޯދުމުގެ ވޯޓުގައި ލިބުނު ކާމިޔާބީ ފާހަގަކުރައްވައި ކުރިގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރައްޔިތުން މި އަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ ކަމަށާއި، ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށެވެ.
ކުރީގެ ރައީސް ޞާލިޙްވެސް ވަނީ، އިންތިޚާބީ މޭޔަރުން، ކައުންސިލު ރައީސުންް، ޑަބްލިޔުޑީސީގެ ރައީސުން އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޚަބާ ވިދާޅުވެފައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވި އެމްޑީގެ ހުރިހާ މެންބަރުންނާއި އެމްޑީޕީއަށް ހެޔޮއެދޭ ހުރިހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް