އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއާ ގުޅޭ އިސްތިއުނާފުގެ ސިއްރު އަޑުއެހުމެއް ބާއްވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އިސްތިއުނާފުކުރި މައްސަލަ ހައިކޯޓުން ބަލަންފަށަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9 ޖަހާއިރު --- ފޮޓޯ: އެޓޯލް ޓައީމްސް
އަދަދު ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި ގުޅުވައިގެން ގެނެސްދިން ޑޮކިއުމެންޓަރީއާ ގުޅޭ އިސްތިއުނާފުގެ ސިއްރު އަޑުއެހުން ހައި ކޯޓުން ސިއްރުކޮށްފިއެވެ.
އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އިސްތިއުނާފުކުރި މައްސަލަ ހައިކޯޓުން ބަލަންފަށަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9 ޖަހާއިރެވެ. އެ ނޫހާއި ދެކޮޅަށް ނެރުނު ކޯޓު އަމުރާމެދު ބާ ކައުންސިލުން ކަންބޮޑުވުންފާޅުކޮށް ވަނީ އެ މައްސަލައިގެ ތެރެއަށް ވަނީ ތަދައްހުލުވެފައެވެ.
އަދަދު ނޫހުން ގެނެސްދިން އެ ޑޮކިއުމެންޓްރީއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެކު ލޯބީގެ ގުޅުމާއިއެކު ނުހަމަގުޅުންތަކެއް ހިންގިކަމަށް ބުނެ އަންހެނަކު ދީފައިވާ އިންޓަވިއުއެއްގެ މައްޗަށް އޭއައި ވީޑިއޯތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.
އަދަދު ނޫހުގެ ޑޮކިއުމެންޓްރީގައި އަންހެނަކާއި ހަވާލާދީ ގެނެސްފައިވާ ވާހަކަތަކަކީ، ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމުގައި މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި މި މައްސަލައާއި ގުޅިގެން އެ ނޫހުގެ ދެ ނޫސްވެރިން ޖަލަށްލިއެވެ. އެގޮތުން، މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލާފައިވާއިރު، ކޯޓު އަމުރާ ގުޅޭ ހަބަރު ގެނެސްދިން ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށްލާފައެވެ.
މީގެ އިތުރުން މި މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕީޖީއިން ވަނީ ގަޛުފުގެ ދައުވާ އުފުލާފައެވެ.
މީގެ އިތުރުން، އަދަދު ނޫހުން ޝާއިޢުކުރި ޑޮކިއުމެންޓަރީ "އައިޝާ" އާއި ގުޅުވައިގެން ފުލުހުން އަދަދު ނޫހުގެ އޮފީހަށްވަދެ ބަލައި ފާސްކޮށް، އެ ނޫހުގެ ކޮމްޕިޓަރުތަކާއި ލެޕްޓޮޕްތަކުގެ ހާޑު ޑިސްކުތައް ވަނީ ތަހުގީގުގެ ބޭނުމަށް ކަމަށް ބުނެ ނަގައިގެން ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް