Post banner
ރާއްޖެ

ކޮންޓެއިނާ ތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކޮންޓެއިނާ ތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

މާލޭ ވިޔަފާރި ބަނދަރު — ފޮޓޯ އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކަނޑަށް ކޮންޓެއިނަރތަކެއް ވެރިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިކޮންޓެެއިނާތައް އޮޔާދާ ކަމުގެ މައުލޫމާތު މިރޭ (27 ޖޫން 2026) 23:10 އެހައިކަންހާއިރު، އެމްޕީއެލްއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

މިރޭ މާލެ ސަރަހައްދަށް ވައިބާރުވެ ވަރަށް ބޮޑަށް މޫސުމް ގޯސްވެފައި ވާއިރު މާލެ ސަރަހައްދަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް