ފަލަސްތީނުގެ އެތައް ހާސް އަސީރުން މަރާލަން އިޒްރޭލުން ތައްޔާރުވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިސްރާއީލްގެ ޖަލެއް --- ފޮޓޯ: އައިއެލްޓީވީ ނިއުސް
އިޒްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްގެން ގެންގުޅެމުންދާ އެތައްހާސް ފަލަސްޠީނުގެ ރައްޔިތުން މަރާލުމަށް އިޒްރާއީލުން ތައްޔާރުވާން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ 12000 ވުރެ ގިނަ އެކި އުމުރުގެ އަސީރުން އެބަތިއްބެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ، ފަލަސްޠީނުގެ މިނިވަކަމަށް ކުރަމުން އައި ކަންކަމުގެ ސަބަބުން ހައްޔަރުކޮށް ޖަލަށްލާފައިވާ މީހުންނެވެ.
އިޒްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށައަޅައި އެބިލު ފާސްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުން މިފެށޭ ހަފްތާގެ ތެރޭގައި އެބިލް ފާސްކުރާނެ ކަމަށް ބެލެވެއެވެ.
އިޒްރޭލުގެ ހަރުކަށި ސިޔާސީ ލީޑަރުން އަންނަނީ، އިޒްރޭލުގެ ޖަލުތަކުގައި އެތައްހާސް ފަލަސްޠީނުގެ ރައްޔިތުން ބަންދުކޮށް ގެންގުޅެން ޖެހޭތީ އެކަމަށް ހިނގާ ހޭދަ ކުޑަކުރުމަށް، ފަލަސްޠީނުގެ އަސީރުން މަރަމުން ގެންދިޔުމަށް ގޮވާލާފައެވެ. އަދި އެކަމަށް މަސައްކަތް ކުރަމުން އަންނައިރު، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމާޢަތްތައްވެސް އޮތީ ހިމޭނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް