މާލޭ ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލޭ ބޮޑު ތަކުރުފާނު މަގުގައި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއެކްސިޑެންޓް ހިނގާފައި ވަނީ، މިއަދު 15:57 ހާއިރު ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައި ވަނީ، މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ.
އެކްސިޑެންޓް ހިނގާފައި އުސްފަސްގަނޑު ކަރިން ވަނީ ބުރިޖުން ފައިބާ އުޅަނދުތައް ބޮޑުތަކުރުފާނު މަގުން މާލެއަށް އަރާ ލޭނުގައެވެ.
މިހާދިސާގައި ސައިކަލުގައި އިން މީހާ މަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވީނަމަވެސް އެކަން ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް