އެކަނި މަހަށް ނުކުމެ އުޅުނު ދޮށީ އުމުރުގެ މީހަކު ގެއްލިގެން ހޯދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ރ. ވާދޫއިން ކުޑަ ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން އަންނަނީ، ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލު ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:48 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މުޙައްމަދު އިޤްބާލް ކަނޑުމައްޗަށް ނިކުމެފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މުޙައްމަދު އިޤްބާލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމުގައިވެސް ފުލުުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް