Post banner
ރާއްޖެ

ދުވާރުތައް މަތީގައި ޕާކުކޮށްފައި ހުރި ސައިކަލްތައް ފުލުހުން ޓޯވ ކުރަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދުވާރުތައް މަތީގައި ޕާކުކޮށްފައި ހުރި ސައިކަލްތައް ފުލުހުން ޓޯވ ކުރަން ފަށައިފި

ދުވާރުމަތީގައި ބަހައްޓާފައި ހުރި ސައިކަލެއް ފުލުހުން ޓޯވކޮށްގެން ގެންދަނީ --- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ދުވާރުތައް މަތީގައި ޕާކުކޮށްފައި ބަހައްޓާފައި ހުރި ސައިކަލްތައް ޓޯވ ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް ގެންދާ ކަމަށެވެ.

އިއްޔެ ފުލުހުން ވަނީ، ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއްކަން ހަނދާންކޮށްދީފައެވެ. އަދި މިފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް އެންމެހައި ފަރާތްތަކަކަށް އިލްތިމާސްކުރާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ޓޯވ ކުރާ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށުން ގެންގޮސް ބަހައްޓާނީ ޓޯވޔާޑުގައެވެ. އަދި އެ ސައިކަލްތައް ދޫކުރާނީ، ޖޫރިމަނާ ފީތައް ދެއްކުމުންނެވެ. އަނބުރާ ނުގެންދާ ވެހިކަލްތައް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ފުލުހުން އެ އުޅަނދުތައް ނައްތައިލާނެއެވެ. އަދި އުޅަނދުތައް ޓޯވ ކުރުމުގައި ލިބޭ ގެއްލުމަށް ފުލުހުން ޒިންމާއެއްވެސް ނުނަގާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް