ރާއްޖެ

އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލީ ތަޙްޤީޤަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު: ފުލުހުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލީ ތަޙްޤީޤަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު: ފުލުހުން

ބޮޑު ކަންނެލި މަސްވެރިންގެ އިޙްތިޖާޖުގެ ތެރެއިން --- ފޮޓޯ: ބީކޭއެމްޔޫ

ބޮޑުކަންނެލި މަސްވެރިންގެ ފަރާތުން ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލާފައި ވަނީ ތަޙްޤީޤަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހުގައިކަމުގައި، ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ، މަސްވެރިންގެ އިހުތިޖާޖާއި ގުޅިގެން ހައްޔަރުކުރި 3 މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ. އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން، އެންމެ ފުރަތަމަ ދޫކޮށްލާފައި ވަނީ، ކެންދޫގެ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. ޑިސެންބަރު 13 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލީ، އޭނާގެ ޞިއްޙީ ހާލަތު ކުރި ގޮތުން ކަމުގައި، ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެއެވެ. އަނެއް ދެމީހުން ބަންދުން ދޫކޮށްލީ އިއްޔެއެވެ. އެމީހުން ބަންދުން ދޫކޮށްލީ، ތަހުގީގަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އިހުތިޖާޖުން ފުލުހުން ހައްޔަރު ކުރި ދިވެހިން ދޫކޮށްލި ނަމަވެސް. ކަންނެލި އޮޑިފަހަރަށް އަރައި ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސް އިމިގްރޭޝަނާއި ހަވާލުކުރި ބިދޭސީންނާއި ގުޅޭ ގޮތުން ސުވާލުކުރުމުން އެކަމަށް ފުލުހުން އިދާރާއިން ޖަވާބެއް ނުދެއެވެ.

ހައްޔަރުކުރި މީހުން ދޫކޮށްލާފައި ވާއިރު، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން މިމަހުގެ 10 ވަނަ ދުވަހު ފެށި އިޙްތިޖާޖު މިއަދު ވަނީ ރަސްމީގޮތުން ނިންމާލާފައެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް