ރާއްޖެ

އަމިއްލަ ގޮތުން އޭލެވެލް އިމްތިހާން ހަދާ ދަރިވަރުންގެ އަތުން އިދާރީ ފީގެ ގޮތުގައި 3000ރ ނަގަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަމިއްލަ ގޮތުން އޭލެވެލް އިމްތިހާން ހަދާ ދަރިވަރުންގެ އަތުން އިދާރީ ފީގެ ގޮތުގައި 3000ރ ނަގަނީ

އައްޑޫ ހައި ސްކޫލުގެ ދަރިވަރުންތަކެއް ކްލާސް ރޫމުގައި --- ފޮޓޯ: އައްޑޫ ހައި ސްކޫލް.

މިއަހަރުގެ މެއ/ިޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވާ ދަރިވަރުން މާއްދާތަކަށް ދައްކަންޖެހޭ ފީގެ އިތުރުން، ކޮންމެ ކުއްޖަކު އިދާރީ ފީގެ ގޮތުގައި އިތުރު 3000ރ ދައްކަން ޖެހޭނެ ކަމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ހާމަކުރައްވައިފިއެވެ.

ޑީޕީއިން މިހާރު ވަނީ، އެޑެކްސެލް އޭލެވެލް އިމްތިޙާނުގައި (އަމިއްލަ ގޮތުން) ބައިވެރިވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ މަސައްކަތް މިއަދު ފަށާފައެވެ. މިގޮތުން މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ނޯމަލްއެންޓްރީގެ ގޮތުގައި އިމްތިހާނުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމުގައި ޕަބްލިކް އެގްޒަމިނޭޝަނުން ވަނީ ވިދާޅުވެފައެވެ.

Uploaded image

މިއީ ރާއްޖޭގައި މެއި ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް ހެދުމަށް ޑީޕީއީން ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. މެއިޖޫންގައި މި އިމްތިހާން ބާއްވައި ދިނުމަށް ޑީޕީއިން ނިންމީ، 2020 ވަނަ އަހަރު ގެނައި ބަދަލާއި އެކު އޭ ލެވެލްގެ ނަތީޖާ ދަށްވެއްޖެ ނަމަ އަވަހަށް ރިސިޓް ހެދުމަށާއި އޭ ލެވެލްގެ ގަދަ 10 ގައި ހިމެނި، ސްކޮލާޝިޕް ހޯދަން ދަރިވަރުންނަށް އޮންނަ ފުރުސަތު ގެއްލޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދަރިވަރުންގެ ފަރާތުން ޕެޓިޝަނެއް ހުށައެޅުމުންނެވެ.

މީގެ ކުރިން އަވަހަށް ރީސިޓް ހަދަން ނުވަތަ އަމިއްލަ ގޮތުން އިމްތިހާން ހަދަން ބޭނުންވާ ދަރިވަރުން އިމްތިހާން ހަދަމުން އައީ އަވައްޓެރި ލަންކާއަށް ގޮސްގެނެވެ.

އޭލެވެލް އިމްތިހާނުގެ މާއްދާތަކަށް ނަގާ ފީގެ އިތުރުން އިދާރީ ފީއެއްގެ ގޮތުގައި 3000ރގެ ފީއެއް ނެގުމަށް ނިންމާފައިވާތީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލްމީޑިއާގައި ފާޅުކުރައްވާފައެވެ. އަދި އިދާރީ ފީގެ ގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން އެވަރުގެ ބޮޑު ފީއެއް ޑީޕީއިން ނަގަނީ ކޮންކަމަކަށްތޯވެސް އެފަރާތްތަކުން ސުވާލުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް