ވިކުރާ

ހުޅުމާލެ ފޭސް 1ގައި އަޅާ ފްލެޓްތަކުގެ ބިންގާ އަޅައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ފޭސް 1ގައި އަޅާ ފްލެޓްތަކުގެ ބިންގާ އަޅައިފި

ފޭސް 1 ގައި ބޭއްވި ފްލެޓް ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރާ، 364 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

މި ހައުސިންގ ޔުނިޓްތައް އަޅަނީ، ޕޮލްކޯ ޓަވަރުގެ އިރުން އޮތް ބިމުގައެވެ. މިހައުސިންގ ޔުނިޓްތަކުގެ ބިންގާ އެޅުމަށާއި ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިފްލެޓްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، އަމީން ކޮންސްޓްރަކްޝަން ކޮމެޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

މިފްލެޓްތަކަކީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން އަޅާ ފްލެޓްތަކެކެވެ.

މި މަޝްރޫޢާއެކު، މި މަސައްކަތުގެ ތެރޭގައި ހިމެނިގެން ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3260 ޔުނިޓްގެ ބިންގާ މިހާރު ވަނީ އަޅާފައެވެ. ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމުލަ 3800 ހައުސިންގ ޔުނިޓް އަޅާއި އިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، އެއަހަރުގެ ޖޫންމަހަށް މަސައްކަތްތައް ނިމޭނެ ކަމުގައި ބީއެމްއެލްއިން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް