classified
ރާއްޖެ

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ޕާޓީ އެމްޑީޕީން އެޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަދު ފަށައިފިއެވެ.

އެޕާޓީގެ ހަރަކާތްތައް ފަށާފައި ވަނީ، މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މިރަސްމިއްޔާތު ބާއްވާފައި ވަނީ، މިއަދު ހެނދުނު 5:45ގައި އެމްޑީޕީގެ ހަރުގޭގައެވެ.

މީގެ އިތުރުން އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ޒުވާނުންގެ ހިއްވަރުން އިސްނަގައިގެން ބާއްވާ ބޮނޑިބަތް ހަފްލާއެއްވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މިހަފްލާވެސް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އެޕާޓީގެ ހަރުގޭގައެވެ.

އެމްޑީޕީއަކީ، ރައީސް މައުމޫނުގެ ސަރުކާރުގައި އެމަނިކުފާނާއި އިދިކޮޅު ޚިޔާލުގެ މީހުން އުފަންކުރި ޕާޓީއެކެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެންމެ ފުރަތަމަ ރަޖިސްޓްރީވި ޕާޓީއަކީ އެމްޑީޕީއެވެ. އެޕާޓީ ރަޖިސްޓްރީކޮށްފައި ވަނީ 26 ޖޫން 2005 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް