Post banner
ރާއްޖެ

ގެއްލިގެން ހޯދަމުން އަންނަނީ ތެޔޮ ބާޖަކުން މޫދަށް ފޭބި މީހެއް: އެމްއެންޑީއެފް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލިގެން ހޯދަމުން އަންނަނީ ތެޔޮ ބާޖަކުން މޫދަށް ފޭބި މީހެއް: އެމްއެންޑީއެފް

މިރޭ އިރުއްސުނު ވަގުތު ހުޅުމާލެ ފަޅުތެރެއަށް ގެއްލިގެން ހޯދަމުން އަންނަނީ، ތެޔޮބާޖަކުން ފޭބި މީހެއް ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެގުން ވިދާޅުވީ، ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި 48 އަހަރުގެ ދިވެހި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މެރިން ޕޮލިސް އިން ހާމަކޮށްފައިވާ ގޮތުގައި، އެމީހާ ފަޅުތެރެއަށް ފޭބީ، ވަލެއް އެއްސުމަށެވެ. ހާދިސާ ހިނގާފައި ވަނީ، މިރޭ އިރުއްސި 18:30 ހާއިރުގައިކަމަށެެވެ. މިހާތަނަށް ކުރި މަސައްކަތުން އަދި އެމީހާ ފެނިފައި ނުވާކަމުގައި އެމްއެންޑިއެފުންވެސް ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް