ދުނިޔެ

އެމެރިކާ އާއި އިޒްރޭލް ގުޅިގެން ތެހެރާނަށް ހަމަލާދިނީ އީރާނުގެ ވެރިން އަވަހާރަކޮށްލުމަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމެރިކާ އާއި އިޒްރޭލް ގުޅިގެން ތެހެރާނަށް ހަމަލާދިނީ އީރާނުގެ ވެރިން އަވަހާރަކޮށްލުމަށް!

ތެހެރާނުގެ އިމާރާތަކުން ދުން އަރަނީ ---

އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިއަދު އީރާނަށް ދިން ހަމަލާތަކަކީ، އީރާނުގެ ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މީގެ ކުރިންވެސް ވަނީ މަޝްވަަރާތަކުގައި އެމެރިކާއިން ބޭނުންވާ ގޮތަށް އީރާނުން އެއްބަސް ނުވާނަމަ ހަމަލާދޭނެކަން އިއުލާނުކޮށްފައެވެ. މިގޮތުން މިއަދުގެ ހަމަލާތަކަކީ، އީރާނުގެ ލީޑަރުން ހުއްޓުވުމަށް އެމެރިކާ އާއި އިޒްރާއީލް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއް ކަމުގައި އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

އެމެރިކާއިން އީރާނުގެ އިސްފަރާތްތައް އަވަހާރަކޮށްލަން ދިން މިހަމަލާތައް ކާމިޔާބު ވިކަމެއް ނޫންކަމެއް އަދި އެނގިފައެއް ނުވެއެވެ. ހަމަލާތަކާއި ގުޅިގެން އީރާނުގައި މިހާރުވަނީ، އިންޓަރނެޓާއި އާއްމު މުވާޞަލާޠީ ޚިދުމަތްތައް ކަނޑާލާފައެވެ.

އެމެރިކާ އާއި އިޒްރޭލުން ހަމަލާދިން ސިޓީތަކުގެ ތެރޭގައި އިސްފަހާން، ލޮރެސްތާން، އިލާމް، ކަރްމަން ޝާޚް، ގޯމް، ތަބްރީޒް. ކަރަޖް އަދި ތެހެރާން ހިމެނެއެވެ. މި ހަމަލާތަކުގައި އިސްރާއީލާއި އެމެރިކާއިން ވަނީ، އީރާން ސަރުކާރުގެ އޮފީސްތަކަށް ހަމަލާދީފައެވެ. އޭގެ ތެރޭގައި، އީރާނުގެ ސްޕްރީމް ލީޑަރާއި، އީރާނުގެ ރައީސްގެ އޮފީސް ވެސް ހިމެނެއެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދިނުމަށް ފަހު އިޒްރޭލުގައި ވަނީ، އެންމެ މަތީ ދަރަޖައިގެ ކުއްލި ހާލަތު އިޢުލާނުކޮށްފައެވެ. އަދި ރައްދު ހަމަލާތައް ދިނުމުގެ ހުއްދަ އިރާނުގެ ސްޕްރީމް ލީޑަރު މިހާރު ދެއްވާފައި ވާއިރު، އީރާނުން މިހާރު ވަނީ، އިޒްރޭލަށް އަމާޒުކޮށް ޑްރޯނާއި މިސައިލްތައް ފޮނުވާލާފައެވެ. އަދި އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކުން ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް