Post banner
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެންފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ސިންގަޕޫރަށް ވަޑައިގެންނެވީ، ނުރަސްމީ ދަތުރުފުޅެއްގައި ކަމަށްވާތީ، އެމަނިކުފާނުގެ ދަތުރުފުޅާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރު މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ރެކޯޑުތަކުން ފެންނަ ގޮތުގައި މިއީ، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރިޔާސީ މިދައުރުގެ ތެރޭގައި ސިންގަޕޫރަށް ކުރައްވާ، 6 ވަނަ ދަތުރުފުޅެވެ. ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެންނެވީ އެއްފަހަރުއެވެ. އެއީ 29 ޖޫން 2025ގައި ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް