ރާއްޖެ

ހުޅުމާލެ މަގުމަތީގައި ކާޅުތަކެއް މަރައި އުކާފައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ މަގުމަތީގައި ކާޅުތަކެއް މަރައި އުކާފައި

ހުޅުމާލެ މަގުމަތީގައި ކާޅު މަރައި އުކާފައި ހުއްޓައި ފެނިއްޖެއެވެ.

ހުޅުމާލެ ބޮޑު މިސްކިތް ޕާކުގެ މަގުގެ އަނެއް ފަރާތުން، 5 ނަމްބަރު ފްލެޓާއި ދިމާއިން ޕޭމަންޓް މަތީގައި 2 ކާޅެއް މަރާލާފައި އެއްލާލާފައި އޮއްވައި ވަނީ ފެނިފައެވެ. ކާޅުތައް މަރުވެ ކުނިވަމުންދާތީ އެތަކެތި މަރާލާފައި ވަނީ މިއަދު ނޫންކަން އެނގެއެވެ.

ހުޅުމާލޭގައި ކާޅު ގިނަވެ، އޭގެ ސަބަބުން އުނދަގޫތައް ކުރިމަތި ވަމުން އަންނާތީ އާއްމުން އަންނަނީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ކާޅު ނިދަން އަރާ ގަސްތަކުގެ ދަށުގައި ނަޖިސްތައް ގިނަވެފައި ހުންނާތީ އާއި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ހަޑިކުރާތީވެސް އާއްމުން ޝަކުވާ ކުރެއެވެ.

ކާޅަކީ، ދިވެހި މާހައުލުގައި އެންމެ އާއްމު ދޫންޏެވެ. އަދި ކާޅަކީ އީކޯސިސްޓަމްގެ ބެލެންސް ދެމެހެއްޓުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ދޫންޏެވެ. ގުރާފަދަ ދޫނިގޮތަށް ކުޑައިރު ކާންދީ ބެލެހެއްޓުމުން ކާޅު އޮޅުވެސް ވެއެވެ.

މީހަކު ކާޅަކަށް އަނިޔާކޮށް މަރާލައިފިނަމަ އެތައް ދުވަހެއް ވާންދެން އެމީހަކަށް އެހެން ކާޅުތަކުގެ ފަރާތުން ގޯނާ ކުރިމަތިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް