މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ސްޓާރުންގެ ބަންދު މުއްދަތު ޖަހައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ސްޓާރުން --
މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި، ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި އެ އޮޕަރޭޝަންގެ ތެރެއިން ޖުމުލަ 4 މީހުން ހައްޔަރުކޮށްފައިވެއެވެ.
ހައްޔަރު ކުރި މީހުން:
އަޙްމަދު އަޒްމީލް (އަޒޭ)
އިސްމާޢީލް ޖުމައިޙް (ޖުމާ)
މުޙައްމަދު ވިޝާލް (ރޯމަން)
ޝާހިލް މުޙައްމަދު
މީގެ ތެރެއިން ޝާހިލް އަކީ، އަޒޭގެ ކޮއްކޮއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުަމަށް ކޯޓަށް ހާޟިރު ކުރުމުން ކޯޓުން ވަނީ، އެއިން ކޮންމެ މީހެއްގެ ބަންދަށްވެސް 15 ދުވަސް ޖަހައިދީފައެވެ.
އެމީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެމީހުން، ހައްޔަރުކޮށް، ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު، މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ޖުމައިޙްގެ ބަންދު އަމުރުގައިވާ ގޮތުން އެމީހުން ހައްޔަރުކުރީ ޖުމައިޙްގެ ކޮޓަރީގައި ތިއްބައެވެ. އަދި ފުލުހުން އެކޮޓަރިއަށް ވަތް އިރު، އެކޮޓަރީގެ މޭޒެއްގެ މަތީގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށް ސީންއަށް ދިޔަ ފުލުހުން ބުނެފައި ވެއެވެ.
މިހަތަރު މީހުންގެ މައްޗަށް ފުލުހުން ކުރަނީ، މަސްތުވާތަކެތި ބޭނުން ކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރި ކުރުމުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް