Post banner
ރާއްޖެ

ހިޔާގެ ލިފްޓްތައް ހުޅުވުމަށް ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިޔާގެ ލިފްޓްތައް ހުޅުވުމަށް ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވައިފި

ހިޔާގެ ލިފްޓްތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެޗްޑީސީ

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިންމައި، ލިފްޓްތައް ހުޅުވުމަށް ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ، ރޭ ހިޔާ ސަރަހައްދުގައެވެ.

ލިފްޓުތައް ހުޅުއްވައި ދެއްވީ، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ،ހައުސިންގ އެންޑް އަރބަން ޕްލޭނިިންގ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ހިޔާގެ ލިފްޓްތައް ކުދިވުމާއި އެކު އަރައިފޭބުމުގެ ހުރި ދަތިތަކުގެ ޝަކުވާތައް ބޮޑެވެ. ޚާއްޞަކޮށް އެ އުސް އިމާރާތްތަކުގައި ސްޓްރެޗަރގައި މީހަކު ބޭލޭނެ ލިފްޓެއް ނެތުމަކީވެސް ވަރަށް ގިނަ ފަރާތްތަކުގެ ކަންބޮޑުވުމެއް އޮތް ކަމެކެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އޭރު ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި އެމަސައްކަތް މުޅިން ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ނިމިފައި ވަނީ، 2 އަހަރާއި 2 މަސް ފަހުންނެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް އެޗް.ޑީ.ސީން ޙަވާލުކޮށްފައިވަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް