classified
ރާއްޖެ

އިސްތިއުފާ ދެއްވި ދެ ވަޒީރުން ބޭރުޤައުމުތަކުގެ ސަފީރުންގެ މަޤާމަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިސްތިއުފާ ދެއްވި ދެ ވަޒީރުން ބޭރުޤައުމުތަކުގެ ސަފީރުންގެ މަޤާމަށް

އިސްތިއުފާ ދެއްވި ވަޒީރުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު އެބޭފުޅުންނާއި ރައީސް ބައްދަލުކުރެއްވުން ---

އުވާލެއްވި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މިނިސްޓަރ އާދަމް ޝަރީފާއި، ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން އިސްތިއުފާދެއްވި ޠާރިޤު އިބްރާހީމް، ސަފީރުންގެ ގޮތުގައި ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކުރީގެ ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ޢައްޔަނުކުރައްވާފައި ވަނީ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށެވެ. ޠާރިޤު އިބްރާހީމް ޢައްޔަނުކުރައްވާފައި ވަނީ، ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ.

ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށްފަހުގައި، މިހާތަނަށް މިދެބޭފުޅުން ޢައްޔަނުކުރައްވާފައި ތިއްބެވީ، ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށެވެ.

ޔޫއޭއީގެ ސަފީރުކަމަށް ޠާރިޤު އައްޔަނުކުރެއްވީ، އެމަޤާމުގައި ކުރިން ހުންނެވި، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މަޤާމުން ވަކިކުރެއްވުމަށް ފަހުގައި އެމަޤާމު ހުސްކޮށް އޮންނަތާ ދުވަސްތަކެއް ފަހުންނެވެ. މުންދު މިހާޜު ޢައްޔަނުކުރައްވާފައި ހުރީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނުގެ މަޤާމަށެވެ.

ލޯކަލް ކައުންސިލް އިންތިޅާބާއި ޚިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ވަޒީރުންގެ މަޖިލީހަށް ބޮޑު ބަދަލެއް ގެންނަވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް