Post banner
ރާއްޖެ •

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޗައިނާގެ ދެ ފަތުރުވެރިން މަރުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޗައިނާގެ ދެ ފަތުރުވެރިން މަރުވެއްޖެ

ދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ، ޗައިނާގެ ދެމަފިރިން މަރުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މޫދަށް އެރި އުޅުނު ދެ ފަތުރުވެރިން މޫދުތެރޭގައި ޚަބަރު ހުސްވެފައި އޮއްވައި ފެނިގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާކަން މިއަދު ފުލުހުންނަށް ރިޕޯޓްކޮށްގައިވާ ކަމަށެވެ.

އަދި އެ ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދެ ފަތުރުވެރިންގެ މަރުގެ މިމައްސަލަ ފުލުހުން ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް