ހުރާ އިންޖީނުގޭ ސްޓެލްކޯއިން ހަވާލުވެ ތަރައްޤީކުރަން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުރާ އިންޖީނުގޭގައި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި -- ފޮޓޯ: ސްޓެލްކޯ
މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ކ. ހުރާގެ ކަރަންޓުގެ ޚިދުމަތާ އެ ކުންފުނިން ހަވާލުވުމަށްފަހު، އެ ރަށުގައި ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުބާރު ހިފޭ ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ. ހުރާ އިންޖީނުގޭގައި ބަހައްޓާފައިވާ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓްގެ މޭޖަރ އޯވަހޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމުގައި ސްޓެލްކޯއިން ވިދާޅުވިއެވެ.
ހުރާ އިންޖީނުގެ އަކީ، އެންމެ ފުރަތަމަ އެރަށުގެ ރައްޔިތުން އަމިއްލައަށް ހިންގަމުން އައި އިންޖީނުގެއެކެވެ. ރައްޔިތުން އަމިއްލައަށް 34 އަހަރު ހިންގުމަށްފަހު އެ އިންޖީނުގެ ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރީ، 2022 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް