Post banner
ދުނިޔެ

މެނީލާ އެއާޕޯޓުގެ ޓެކްސީވޭގައި ދެފްލައިޓް ޖެހި އެކްސިޑެންޓެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މެނީލާ އެއާޕޯޓުގެ ޓެކްސީވޭގައި ދެފްލައިޓް ޖެހި އެކްސިޑެންޓެއް ހިނގައިފި

މެނީލާ އެއާޕޯޓުގައި ހިނގި އެކްސިޑެންޓް --

ފިލިޕީންސްގެ މެނީލާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓެކްސީވޭމަތިން ރޭ ދެފްލައިޓް ޖެހި އެކްސިޑެންޓެއް ހިގައިފިއެވެ.

އެކްސިޑެންޓްވެފައި ވަނީ ސަޢުދީ އެއާގެ ފްލައިޓަކާއި ފިލިޕީންސް އެއާލައިންގެ ބޯޓެކެވެ. ފިލިޕީންސް އެއަރލައިންސްގެ އެއާބަސް އޭ320ގެ ބޯޓަކީ، ޕާކުކޮށްފައި އޮތް ބޯޓެކެވެ. އެކްސިޑެންޓްވި ސަޢުދިއާ ފްލައިޓް އެސްވީ871، ބޯއިންގ 9-787 ޑްރީމްލައިނާ އަކީ، މެނީލާއިން ޖިއްދާއަށް ފުރަން ތައްޔާރުވަމުން ދިޔަ ބޯޓެކެވެ.

ސައުދިއާ ފްލައިޓް 871، ފުރުމަށް ރަންވޭއަށް ނުކުތުމަށް ޓެކްސީ ކުރަމުން ދިޔަ ވަގުތު އެބޯޓުގެ ވާތްފަރާތު ފިޔަގަނޑުން ޖެހުނީ، ފިލިޕީންސް އެއާލައިންގެ ބޯޓުގެ ފަހަތުކޮޅުގައެވެ. އަދި މިއެކްސިޑެންޓްގައި ފިލިޕިންސް އެއާލައިންގެ އެ ބޯޓުގެ ވާޓިކަލް ސްޓެބަލައިޒަރ ހަލާކުވިއެވެ.

މިއެކްސިޑެންޓާއި ގުޅިގެން ސައުދިއާ އެއާލައިންގެ ފުރުން ކެންސަލްކޮށް، އެބޯޓުވަނީ ގްރައުންޑްކޮށްފައެވެ. އަދި ފިލިޕީންސް އެއާލައިންސްގެ ބޯޓުވެސް ވަނީ ގްރައުންޑްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް