ރާއްޖެ

ވެމްކޯ މުވައްޒަފު ވެއްޓުނު އެކްސިޑެންޓްގެ މައްސަލަ ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވެމްކޯ މުވައްޒަފު ވެއްޓުނު އެކްސިޑެންޓްގެ މައްސަލަ ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެ

ފުލުހުންގެ މައި އިދާރާ -- ފޮޓޯ: ރައްޔިތުންގެ ނޫސް

މާލޭގައި ހުންނަ ވެމްކޯގެ ސައިޓް ތެރޭގައި ހިނގި ހާދިސާއެއްގައި ވެމްކޯގެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެހާދިސާ ހިނގާފައި ވަނީ، އާދީއްތަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރުގައި ކަމަށްވީނަމަވެސް ފުލުހުން ވިދާޅުވީ، އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

އަދި އެހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން އަންނަ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ، ވެމްކޯގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 42 އަހަރުގެ ހަސަން ނާޒިރު ނަމަކަށް ކިޔާ މުވައްޒަފަކަށެވެ. އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުންވެސް ވަނީ ބުނެފައެވެ.

މިހާދިސާގައި ނާޒިރު ވެއްޓުނީ ރޭމްގައި ހުއްޓައި 12 ވަރަކަށް ފޫޓު އުހުން ކޮންޓެއިނާއެއްގެ ތެރެއަށް ކަމުގައި އެހާދިސާގެ މައުލޫމާތު އެނގޭ މީހުން ހާމަކޮށްފައިވެއެވެ.

ހުސްވި ޖެނުއަރީމަހުވެސް ތިލަފުށީ ސައިޓްގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ބިދޭސީ މުވައްޒަފަކު މަރުވެފައި ވެއެވެ. އެމައްސަލައިގައި ފުލުހުން ވެމްކޯގައި މަސައްކަތް ކުރާ ބިދޭސީ ޑްރައިވަރަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް